ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ދިވެހި ރައްޔިތުންނާއި މުހާތަބު ކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ އެމަނިކުފާނުގެ ވަދާއީ ހިތާބު ދެއްވަވައިފައެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ރައީސް ދެއްވި ހިތާބުގައި އެމަނިކުފާނުގެ ވެރިކަމުގައި ހޯއްދެވި ކާމިޔާބީތަކާއި ރައްޔިތުންނަށް ގެނެސްދެއްވި ތަރައްގީގެ ވާހަކަތައް ހިއްސާ ކުރެއްވިއެވެ.
ރައީސް ސޯލިހުގެ ހިތާބުގައި އެމަނިކުފާނު ވަނީ މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެމަނިކުފާނު އިންތިހާބު ކުރިއިރު، އޭރު ގައުމު އޮތް ހާލަތު ތަފާތު ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުން އެދުނީ މަގުމަތީގެ ނާމާންކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނައުމަށް ކަމަށާއި ސަރުކާރާ ހިޔާލު ތަފާތުވުމުގެ އަގު ޖަލުގެ އަނިޔާއިން ދައްކަން ޖެހުން ނިމުމަކަށް ގެނައުމަށް ކަމަށް ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.
"ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ، ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތައިލުމަށް. ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސްކުރުން ނިމުމަކަށް ގެނައުމަށް. ރައްޔިތުން އެ މަސްއޫލިއްޔަތު އަޅުގަނޑާ މަތިކުރީ ނުލިބިހުރި ޒަމާންވީ އަސާސީ ހިދުމަތްތައް ހޯދުމަށް ޑިމޮކްރަސީ އާ އިންސާނީ ކަރާމަތާ މިނިވަން ސިޔާސީ މާހައުލު ރާއްޖެއަށް ގެނައުމަށް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އޭރުގެ ބިރުވެރި ހާލަތު ފިލައިގޮސް، މަގުތަކުގައި އަމާންކަން މިއަދު އިހުސާސްވާ ކަމަށެވެ. ހިޔާލު ތަފާތުވެހުރެވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން، އެ މީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި ފަސް އަހަރު ކަށަވަރު ކޮށްދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ހިތާބުގައި ރައީސް ވަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން ދަނީ ހަމައެކަނި މިފަހަރު ކަމަށް ވިދާޅުވެފައެވެ. އަދި ހިތާބު ނިންމާލެއްވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ކާމިޔާބީއަށް އެދެމުންނެވެ.
މީގެއިތުރުން ރައީސްގެ ހިތާބުގައި އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ސަރުކާރަށް އެއްބާރުލުމާއި އެހީތެރިކަން ދިން ގިނަ ފަރާތްތަކެއްވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެ ޕާޓީއަކަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑާޝިޕާއި، ޕާލިމަންޓަރީ ގްރޫޕާއި އަދި އާންމު މެންބަރުންނަށް ޝުކުރު ދެންނެވިއެވެ.
އަދި ސަރުކާރާއެކު ތިއްބެވި ކޯލިޝަން ޕާޓީތަކުގެ ލީޑާޝިޕާއި މެންބަރުންގެ އަގު ވަޒަން ކުރެއްވިއެވެ. ވަޒީރުންގެ މަޖިލީހާއި އަދި ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންގެ މަސައްކަތް ވެސް ފާހަގަކުރެއްވިއެވެ.
 
		 
										
										 
 
 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								