ދިވެހި ގައުމަށް ހަމަޖެހުމާއި ކުރިއެރުން ބޭނުންވާ ކަމަށާއި އެކަމަށްޓަކައި ހުރިހާ ފަރާތްތަކެއް ވެސް އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށް އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިމަހުގެ 17ވަނަ ދުވަހު ކުރިޔަށް އޮތް ފަސް އަހަރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ރާއްޖޭގެ 55ވަނަ ޖުމްހޫރީ ދުވަހާއި ގުޅިގެން ނެރުއްވި ކުރު ވީޑިއޯ މެސެޖެއްގައެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި ޝެއާ ކޮށްފައިވާ އެ ވީޑިއޯގައި އިންތިހާބީ ރައީސް މުއިއްޒު ވަނީ މިހާ ހިސާބަށް ޖުމްހޫރީ ވެރިކަމެއް ގާއިމް ކޮށްދިން ހުރިހާ ރައީސުންނަށާއި ކެބިނެޓު ވަޒީރުންނާއި ވިޔަފާރިވެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.
"މިހެން ގޮސް ގައުމު މިހިސާބަށް ގެނައުމުގައި ޖުމްހޫރީ ވެރިކަން މިހިސާބަށް ގެނައުމުގައި މަސައްކަތް ކޮށްދިން ހުރިހާ ފަރާތްތަކަަކަށް އަޅުގަނޑު ޝުކުރު ދަންނަވަން،" މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސްކަމުގެ ހުވާ އަންނަ ހުކުރު ދުވަހު ކުރައްވާ ޑރ. މުއިއްޒު ވަނީ ޖުމްހޫރީ ނިޒާމު ރާއްޖެއަށް ގެނައުމުގައި ގިނަ ފަރާތްތަކެއް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވާފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކީވެތޯ މަނިކުފާނު ތިވާހަކަ ވެރިކަމަތް އައުމުގެކުރިން ނުދެއްކީ މިހާރު ކޮންއެކުވެރި ވުމެއްގެ ވާހަކަ ތިދައްކަވަނީ ވެރިކަމަށް އާދެވުނީމަތޯ ތިއީ މަނިކުފާނުގެ އިހުލާސްތެރިކަންހުރިވަރު އަމިލްލަ އެނދުން ހުރިވަރު ގައުމަތް އިހުލާސްތެރި ބޭފުޅެއްނަމަ އަބަދުވެސް ގައުމު އަށް ހަމަޖެހުމަތް އެދޭނެ ވެރިކަމަށް އާދއވުނީމަކާނޫދޯ ގައުމުއަށް ހަމަޖެހުމާ އެއްބައެވަންތަކުރަން ގޮވަންވީ
ހަސަން