ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅުންނަށް ހާއްސަ ކުރައްވާފައިވާ ރިޔާސީ ގަނޑުވަރު ކަމަށްވާ، މުލީއާގެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ނިކުމެވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން މުލީއާގެ ދޫކުރެއްވުމަށްފަހު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ފަސްޓްލޭޑީ ފަޒްނާ އަހްމަދުގެ އާއިލީ ގެކޮޅު ކަމަށްވާ މ. ސަނީގައެވެ. 2018ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު މުލީއާގެއަށް ރައީސްގެ ދެކަނބަލުން ބަދަލުވެވަޑައިގަތީ އެމަހުގެ 30ވަނަ ދުވަހުއެވެ.
ރައީސްގެ ދެކަނބަލުން މުލީއާގެއިން ނިކުމެވަޑައިގެންފައިވާއިރު މިމަހުގެ 17ވަނަ ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާނެއެވެ. ނަމަވެސް އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން މުލީއާގެއަށް ބަދަލުވެވަޑައިގަންނަވާ ކަމަށް އަދި ހާމަ ކުރައްވާފައެއް ނުވެއެވެ.
ރިޔާސީ ގަނޑުވަރުގެ ގޮތުގައި ކުރިން ބޭނުންކުރީ ތީމުގެއެވެ. ނަމަވެސް 2008ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ހިޔާރު ކުރެއްވީ މުލީއާގެއެވެ. އަދި ތީމުގެއަށް ސުޕްރީމް ކޯޓާއި ހައިކޯޓު ފަދަ ތަންތަން ބަދަލުކުރިއެވެ.
އޭގެފަހުން 2013ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް ޔާމީން މުލީއާގެ އަށް ބަދަލުވެވަޑައެއް ނުގަންނަވައެވެ. މުލީއާގެ އޭރު ހިންގެވީ ސިޔާސީ ހަރަކާތްތަކަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ