އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރުމުގެ ޖަލްސާ ފަސް ކުރުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ރޭވި ރޭވުން ފެއިލްވެއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ޖަލްސާ ހުއްޓުވަން އެމްޑީޕީން ރާވަމުންދިޔަ ރޭވުން ފެއިލްވި ކަމަށްޓަކާ މާތް ރަސްކަލާނގެ އަށް ހަމްދުކުރާ ކަމަށެވެ. އަދި އިންތިހާބީ ރައީސް ކުރެއްވުމުގެ ކަންކަން ދާނީ ރީތިކޮށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމަށް ހުށަހެޅި މައްސަލަ މަޖިލިސް ތެރެއިން ކުރިޔަށް ގެންދަން ދަތިވެ އެކަމުގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް މިއަދު ކޮށްފައި ވަނިކޮށެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސް ނެތަސް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް