ކުރީގެ ރައީސް ޔާމީނަށް ކުރި ޙުކުމާއި ގުޅިގެން އެމަނިކުފާނު ދައްކަންޖެހޭ 5 މިލިއަން ޑޮލަރު ހޯދުމުގެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ވ. އާރަށު ހިޔާނާތުގެ މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި އަދި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. ނަމަވެސް އެ ފައިސާ އެމަނިކުފާނު ނުދައްކަވަ އެވެ.
އެ ފައިސާ ހޯދަން ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅުމުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ފައިސާ ހޯދުމުގެ މައްސަލަ މަޑުޖައްސާލަން ހައި ކޯޓުން ކުރިން އަންގާފައިވާތީ އެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާގެ މައްސަލަ މިވަގުތު އޮތީ ހައި ކޯޓުގަ އެވެ. ނަމަވެސް ޔާމީން ހުންނެވީ ކަރެކްޝަންސްގެ ނިންމުމެއްގެ ދަށުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
ޑިންގީއެއްގައި ނިކުތް މީހެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފި
ހަނގުރާމައިގެ ބޭނުމަށް ވައިގެ ސަރަހައްދު ބޭނުންކުރާކަށް ނުދޭނަން
ފެންނަ ނުފެންނަ ވޯޓާ މެދު އަލުން ވިސްނުމަށް ގޮވާލަން: ނަޝީދު
ހަނގުރާމައާ ގުޅިގެން އާމްދަނީއަށް ކޮށްފާނެ އަސަރުތައް ބަލަނީ
ރައީސް އަޅުގަނޑަށް ތާއީދުކުރާ ކަމަށް ބުނެފައެއް ނޯންނާނެ: ޣާލިބް
ރައީސްގެ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި