މަސްވެރިން ބާނާ މަސް ގަތުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގު ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް މިފްކޯ އިން ދޮގުކޮށްފިއެވެ.
މިފްކޯ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މަސް ގަންނަ އަގު ކުޑަ ކުރަން ނިންމާފައިވާ ކަމަށް ބުނެ ދެކެވެމުން އަންނަނީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ. އެފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށް މިފްކޯ އިން ބުންޏެވެ.
މަސް ކިރުވުމަށްފަހު މަސްވެރިންނަށް ނުދެވި ހުރި ފައިސާތައް މަސްވެރިންނަށް ދިނުމަށްޓަކައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެކަމާއި ގުޅިގެން މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް މިފްކޯ އިން ބުންޏެވެ. މަހުގެ އަގު ރިވިއު ކުރުމަށް އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ނުކުރާ ކަމަށް މިފްކޯ އިން ބުންޏެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއް ކަމުގައިވީ ނަމަވެސް އުތުރާއި ދެކުނުގައި މަސްވެރިކަން ގޯސް ނޫން ކަމަށް މިފްކޯ އިން ބުންޏެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 450 ޓަނުގެ މަސް ކިރަމުން އަންނަ ކަމަށް މިފްކޯ އިން ބުންޏެވެ.
މީގެކުރިން 17 ރުފިޔާ އަށް ގަންނަމުން ދިޔަ މަސް ކިލޯއެއް 25 ރުފިޔާ އަށް ގަންނަން ސަރުކާރުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން