އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ރައީސްގެ މަގާމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާ ދެއްވައިފިއެވެ.
މުޅި ދުނިޔޭގައި ވެސް އެންމެ ނުފޫޒު ގަދަ އިލްމުވެރިންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝަހީމް އެ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަ ކުރެއްވީ އެމަނިކުފާނު ލިޔުއްވާފައިވާ "އިސްލާމީ ނަޒަރިއްޔާތު" ނެރުމަށް ފޮތް ނެރުމަށް ރޭ އެވިޑު ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
"ހަތާވީސް" އަށް އެނގިފައިވާ ގޮތުގައި ޝަހީމު އެ މަގާމުން އިސްތިއުފާ ދެއްވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުގެ މަގާމަކާއި ހަވާލުވެވަޑައިގަތުމަށެވެ. ޑރ. މުއިއްޒު އިންތިހާބު ކުރުމަށް ރިޔާސީ އިންތިހާބުގައި މުއިއްޒުގެ އެންމެ އަރިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝަހީމަށް އިސްލާމިކް މިނިސްޓަރުކަމުގެ މަގާމު ދެއްވުމަށް މުއިއްޒު ނިންމަވާފައިވާ ކަމަށް އިންތިހާބީ ރައީސް އޮފީހުގެ އިސް އޮފިޝަލަކު މިއަދު ވަނީ ވިދާޅުވެފައެވެ.
"ޑރ. ޝަހީމަކީ މިވަގުތު މުޅި ދުނިޔޭގައި ވެސް ހުންނެވި އެންމެ ވަރުގަދަ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް. ޑރ. މުއިއްޒު ވަނީ ހާއްސަކޮށް ކެބިނެޓުގެ މަގާމުތަކަށް އައްޔަން ކުރައްވާނީ ވަރަށް ގާބިލް ބޭފުޅުން ކަމަށް ވިދާޅުވެފައި. އިސްލާމިކް މިނިސްޓަރަކަށް މިއަށްވުރެ ވަކި ގާބިލް ބޭފުޅަކު ނުހުންނަވާނެ. އެ މަގާމު ޝަހީމަށް ވަނީ ހުށަހަޅުއްވާފައި،" ނަން ހާމަކުރަން ބޭނުން ނުވާ އިންތިހާބީ ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވިއެވެ.
މިކަމާއި ގުޅޭ ގޮތުން ޝަހީމް އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.
ޑރ. ޝަހީމަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަމުގެ މެދެއްހާ ހިސާބަކަށް އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާ ކުރެއްވި ބޭފުޅެކެވެ. އޭގެފަހުން ރައީސް ޔާމީންގެ ސަރުކާރުން ތައާރަފުކުރި އިސްލާމިކް ޔުނިވާސިޓީގެ ގާނޫނުގެ ދަށުން އުފަންވި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަން ޝަހީމް އަދާ ކުރެއްވިއެވެ.
މީގެއިތުރުން 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވެސް ހުންނެވީ ޑރ. ޝަހީމެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								