އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަބޫދާބީ އަށް ފުރާވަޑައިގެންފިއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިކަމުގެ މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވީ މެހެމާންދާރީ އަދާ ކުރެއްވުމުގެ ގޮތުން ދަތުރުފުޅުގެ ހަރަދުތައް ހަމަޖައްސަވައި ދެއްވާނީ އެގައުމުން ކަމަށެވެ.
"ހަތާވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. މުއިއްޒު އަބޫދާބީ އަށް ވަޑައިގަތީ ޔޫއޭއީ ސަރުކާރުގެ ދައުވަތަކަށެވެ. އެމަނިކުފާނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަބޫދާބީ އަށް ވަޑައިގަތީ ޕްރައިވެޓް ޖެޓެއްގައެވެ.
އަބޫދާބީ އަށް ނުރަސްމީ ދަތުރުފުޅެއްގައި ޑރ. މުއިއްޒު ފުރާވަޑައިގެންނެވިއިރު ދާދިފަހުން އެމަނިކުފާނު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވެސް ވަޑައިގެންފައެވެ. މިދިޔަ ހޮނިހިރު ދުވަހު ނިންމާލެއްވި އެ ދަތުރުފުޅުގައި ޕީޕީއެމް/ޕީއެންސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ