ވިނަރެސް ފްލެޓްތައް ގަންނަން ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުރިހާ ފްލެޓްތަކެއް ވިކި ހުސްވިއިރު އެކަމުގައި އާއްމުންގެ ގިނަ ކަންބޮޑުވުންތަކާއި ޝަކުވާތަކެއް ހުރުމުން ވިނަރެސް ފްލެޓުތަކަށް ފޯމު ހުށަހެޅުން ފަސްކޮށްފިއެވެ.
ވިނަރެސް ފްލެޓްތަކުގެ ތެރެއިން ބާކީ ހުރި 200 އަށް ވުރެ ގިނަ ފްލެޓް ގަތުމަށް އޮންލައިންކޮށް ހުޅުވާލީ އިއްޔެ ހެނދުނު އެވެ. ނަމަވެސް އާބަންކޯގެ ޕޯޓަލް މެދުވެރިކޮށް ފޯމް ފުރުމުގައި އެތައް ފަހަރަކު ޓެކްނިކަލް މައްސަލަތައް ދިމާވެ, ފޯމް ފުރޭ ގޮތެއް ގިނަ ބަޔަކަށް ނުވި އެވެ. ހެނދުނު 10 ޖެހިއިރު ޕޯޓަލް ހުޅުވާލި ވަގުތު ފްލެޓް ގަތުމަށް ފޯމް ފުރަން ފެށި މީހުންނަށް ވެސް އޭގެ ސަބަބުން އެ ފުރުސަތު ގެއްލުނެވެ.
ފްލެޓް ގަންނަން ޖެހެނީ ސަރުކާރުގެ އީފާސް ޕޯޓަލް މެދުވެރިކޮށް އާބަންކޯ ހައުސިން ޕޯޓަލަށް ވަދެގެންނެވެ. ނަމަވެސް އީފާސް ޕޯޓަލަށް ނުވަދެވިގެން ވެސް އެތައް އިރެއް ގެއްލިގެންދިޔަ އެވެ. އެހެންވުމުން އޮންލައިންކޮށް މިފަދަ މުހިންމު ކަމެއް ކުރާއިރު, ޓެކްނިކަލް ކަންކަމަށް ސަމާލުކަން ދެވިފައިނުވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
އާބަންކޯ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ވިނަރެސް ފްލެޓު ގަތުމަށް ހުޅުވާލި ވަގުތު ޕޯޓަލް އަށް ޓެކްނިނަލް ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި އެކަމުގެ ގިނަ އަދަދެއްގެ ޝަކުވާތައް އެ ކޯޕަރޭޝަނަށް ލިބިގެން ދިޔަ ކަމަށެވެ. އެ މައްސަލަތައް ހައްލު ކުރުމަށްފަހު އަލުން ފްލެޓުތައް ގަތުމަށް ފުރުސަތު ހުޅުވާލާނެ ކަމަށް އާބަންކޯ އިން ބުންޏެވެ. ނަމަވެސް އިއުލާން ކުރާނެ ތާރީހެއް ހާމައެއް ނުކުރެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ