ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ހައިކޯޓަށް ފަނޑިޔާރަކު ބޭނުންވާ ކަމަށާއި އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މުސާރައިގެ ގޮތުގައި 36،000 ރުފިޔާ ލިބޭނެ ކަމަށާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކު އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއެކު ޖުމްލަ 54،300 ރުފިޔާ ލިބިގެން ދާނެ ކަމަށް ޖޭއެސްސީން ކޮށްފައިވާ އިއުލާނުގައިވެއެވެ.
މީގެއިތުރުން މެޑިކަލް އެލަވަންސާއި މޯބައިލް އެލަވަންސް ވެސް ރައްޔިތުން މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން ލިބިގެން ދާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެ އިއުލާނުގައިވާ ގޮތުގައި އެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރުން މަތީގެ ފަރާތްތަކަށެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައި ހުންނަން ޖެހޭނެ ކަމަށް އިއުލާނުގައިވެއެވެ.
ޖޭއެސްސީން ބުނީ އެ މަގާމަށް އެދި ހުށަހަޅާނީ މިމަހުގެ 12ވަނަ ދުވަހުގެ 11:00ގެ ކުރިން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް އަށް ކަމަށެވެ. ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާން ކޮށްފައި މިވަނީ އެ ކޯޓުގެ ފަނޑިޔާރު އަހްމަދު ޝަކީލު، ސިއްހީ ސަބަބުތަކަކާއި ގުޅިގެން ރިޓަޔާ ކުރައްވަން ނިންމާ އެކަން ޖޭއެސްސީން ގަބޫލު ކޮށްފައި ވަނިކޮށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ވެރިކަން ނިމެން ސިކުންތަކަނވެފާ ވާވަގުތުވެސް ވަޒީފާތަކަން މީހުންލާނެތަ
ވ