ރާއްޖޭގައި އެކި ކަންކޮޅުތަކުގައި އިންޑިއާގެ ސިފައިން އެބަ ތިބި ކަމަށާއި ސާފު ނުވަނީ އިންޑިއާ ސިފައިން ތިބި އަދަދު ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން މިއަދު އައްޑޫ ސިޓީ އަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އަދުރޭ ވަނީ ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގެ ކުރިން ދައްކަމުން ގެންދިޔަ ވާހަކަ ތަކުރާރު ކުރައްވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ސިފައިން ތިބި ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
"މިހާތަނަށް އައި އިރުގަ ސާފު އަދަދެއް އަދި އޮޅުންފިލާފައެއް ނެތް. އެ މީހުން [އިންޑިއާ ސިފައިން] ތިބިކަން ޔަގީންވޭ،" އަދުރޭ ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގައުމުން ބޭލުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވައުދެވެ.
އެމަނިކުފާނު ވަނީ ވެރިކަމަށް ހުވާކުރައްވާތާ ހަފްތާއެއްގެތެރޭ ރާއްޖޭގައި ގާއިމުވެ ތިބި ހުރިހާ އިންޑިއާ ސިފައިން ބޭލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ކީއްވެކަލެއަށްސާފުނުވީތިބިތަނަކާއިތިބިވަރެއްއަދުރޭއަށްއެނގެންޖެހޭނެ
އިއްބެ