ވިނަރެސް މަޝްރޫއިން ފްލެޓް ގަތުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިމަހު ހުޅުވާލާނެ ކަމަށް އާބަންކޯ އިން ބުނެފިއެވެ.
އާބަންކޯ އިން މިއަދު ބުނީ ވިނަރެސް ފްލެޓްތަކަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލަން ހަމަޖެހިފައި ވަނީ މިމަހުގެ ފަސްވަނަ ދުވަހު އެ ކޯޕަރޭޝަން ގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލާ އެ ފުރުސަތުގައި ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާ ދެމެދު ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ފޯމު ހުށަހެޅުން ބަންދުވާނީ ވިއްކަން ކަނޑައަޅާފައިވާ ހުރިހާ ފްލެޓަށް ފޯމު ހުށަހަޅާ ނިމުމުން ކަމަށް އާބަންކޯ އިން ބުންޏެވެ.
ވިނަރެސް މަޝްރޫއިން ފްލެޓް ވިއްކުމަށް މިފަހަރު ހުޅުވާލާ ފުރުސަތުގައި ވިއްކުމަށް ކަނޑައެޅިފައިވާ ފްލެޓް ތަކަކީ މިދިޔަ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ވިއްކި ފްލެޓްތަކަށްފަހު ބާކީ ހުރި ފްލެޓްތަކާއި، މިމަހުގެ ނިޔަލަށް ފްލެޓް ގަތުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މާލީ ގާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި ޔުނިޓް އިހްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓް އިހްތިޔާރުކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށް ބާކީ ނުވިކި ހުރި ޔުނިޓްތައް ކަމަށްވެސް އާބަންކޯ އިން ބުންޏެވެ.
ހުއްދަ ނުނަގާ ސަފާރީއެއްގައި ބަނގުރާ ބޭނުންކުރި ބަޔަކު ހައްޔަރަށް
ހަނިމާދޫ އެއާޕޯޓަކީ ސަރަހައްދީ އެއާލައިންގެ ހަބަކަށް ހަދަންޖެހޭ
މީޑިއާތަކަށް ފައިސާ ދިނުން މިވަގުތަށް ހުއްޓާލަންޖެހޭ: އެމްޖޭއޭ
ކޭޕާކް މައްސަލަ: މަންޑޭ 397 އަހަރަށް ޖަލަށް
އިންސާފުވެރި އިންތިހާބެއް ލިބިދާނެކަމާމެދު ސުވާލު އުފެދޭ: މަޓޭ