މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި އާއިޝަތު އާޒިމާ ޝަކޫރު ވާދަ ކުރައްވަން ނިންމަވައިފިއެވެ.
އާޒިމާ ނެރުއްވި ބަޔާނެއްގައި މިއަދު ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމެވީ މާލޭ ސަރަހައްދު ހަގީގީ މާނައިގައި ތަރައްގީ ކުރުމަށްޓަކައި އަދި ވެސް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އާޒިމާ ވިދާޅުވީ އެ މަގާމަށް ކުރިމަތިލުމަށް ގަސްދުކުރީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުރި މީހަކަށްވެ، އަދިވެސް ރައްޔިތުންނާ ގާތުން ހިދުމަތް ކުރުމުގެ ޝައުގު ހުރި މީހަކަށް ވާތީ ކަމަށެވެ.
އާޒިމާ ވަނީ އެ މަގާމަށް އިންތިހާބުވެވަޑައިގެންފި ނަމަ، މުރާލިކަމާއެކު ރެޔާއި ދުވާލު ހިދުމަތުގައި ދެމިހުންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ތެދުވެރިކަމާއި އަމާނަތް ތެރިކަމާ އެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
އާޒިމާގެ ބަޔާނުގައި ވަނީ މާލެއަކީ ހަގީގީ މާނައިގައި ދިވެހިރާއްޖޭގެ ވެރިރަށް ގޮތުގައި ތަރައްގީކުރެވޭނެ ގާބިލް، އެކަމަށް އެކަށޭނެ ތެދުވެރި ދިވެހި ދަރިއަކު މޭޔަރު ކަމަށް އިސްކުރުމަކީ ގްރޭޓާ މާލޭގެ ތަރައްގީއަށާއި ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ވިދާޅުވެފައެވެ.
އާޒިމާގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވެސް ވާދަކުރެއްވުމަށް ވަނީ އިއުލާން ކުރައްވައިފައެވެ.
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން
ބީއެމްއެލްގެ ހައުސިން ޕްރޮޖެކްޓަށް 720 ޔުނިޓު އިތުރުކުރަނީ
ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރު ފެނިއްޖެ
ރައީސް މުއިއްޒު އަދި ސަރުކާރާ ގުޅޭ ބޮޑު ތުހުމަތެއް މުންދު ދޮގުކޮށްފި
ހުޅުމާލޭ އެޕާޓުމަންޓެއްގައި ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރަށް
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
އާޒިމާއަކައްނުވާނެ ސަބަބަކީ މޭޔަރުންނަކީ ހެލިފެލިވެ އުޅުވޭ މީހަކައްވާންޖެހޭ ގޮނޑީގާވެޑުވިފާ އިންނަ ބުދަކައް ވެގެންނުވާނެ
އަދުރޭ