ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވާ ދިނުމަށް އެމްޑީޕީން އެދިއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރު ކުރުމަށް 49 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ އާދިއްތަ ހޯމަ އަދި މިއަދުވެސް ޖަލްސާއެއް އެޖެންޑާ ކުރިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ކުރިއަށް ދާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނަވަންވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ދެން އަމަލު ކުރާނެ ގޮތެއް މަޖިލީހުގެ ގަވާއިދަކު ލިޔެފައެއް ނުވެއެވެ.
މިދިޔަ އާދީއްތަ އަދި ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާ އަށް ވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ ހާޒިރުވެވަޑައެއް ނުގަންނަވައެވެ. އަދި މިއަދުގެ ޖަލްސާއަށް ވެސް ހާޒިރުވެވަޑައެއްނުގަތެވެ.
އެކަމަނާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ އިދާރާ އަށް އެކަން އަންގާފައިވާ ކަމަށް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ އެ މައްސާގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް މަޖިލިސް އިދާރާގައި އެދުމަށް ނިންމައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ