ރިޔާސީ އިންތިހާބުގައި، މިހާރުގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުމީދޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއުގެ ސާވޭ ހެދުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ އަށް 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. އަންނަ އަހަރުގެ ބަޖެޓަކީ އިންތިހާބީ ރައީސް މުއިއްޒުގެ ވެސް ލަފާގެ މަތީން ތައްޔާރު ކޮށްފައިވާ ބަޖެޓެކެވެ.
މި ވައުދު އެންމެ ފުރަތަމަ ވެވަޑައިގަތީ ކުރީގެ ރައީސް ޔާމީނެވެ. 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޔާމީން ވަނީ ހިތަދޫ-ހުޅުމީދޫ ބްރިޖަކުން ގުޅާލަދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމަނިކުފާނަށް އެ އަހަރުގެ އިންތިހާބު ކާމިޔާބު ނުކުރެއްވުމުން އެ މަސައްކަތް ކުރެވޭ ގޮތެއް ނުވިއެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް އެފަދަ މަޝްރޫއުއެއް ކުރިޔަށް ގެންދަވަން ނިންމާފައެއް ނުވެއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި މުއިއްޒު ވަނީ ރައީސް ޔާމީންގެ އެ ވައުދު ފުއްދަވައި ދެއްވާނީ އެމަނިކުފާނު ކަމަށް ވިދާޅުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ