މިދިޔަ މަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒަކީ "ޕްރޯ ޗައިނާ" ނުވަތަ ޗައިނާ އަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.
ރޮއިޓާސް އަށް ދެއްވި އިންޓަވިއެއްގައި އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ ވަކި ގައުމަކަށް ތާއީދުކޮށް ވަކި ގައުމަކާއި ދެކޮޅުވުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ އަކީ ވެސް ވަކި ގައުމަކަށް އެކަނި ތާއީދުކޮށް ވަކި ގައުމަކާއި މާބޮޑަށް ދެކޮޅުވާނެ ގައުމެއް ވެސް ނޫން ކަމަށެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އޮންނާނީ ހަމައެކަނި ރާއްޖެ ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ކުރި އިގްތިސޯދީ ގޮތުން ކުރި އަރާފައިވާ ގައުމުތަކާއެކު ގުޅުން ބަދަހި ކުރުމަކީ އެކަމުގެ ސަބަބުން ރާއްޖެ އަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
އަންނަ މަހުގެ 17ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ޑރ. މުއިއްޒު ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ވެސް ވަނީ އިންޑިއާ ސިފައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ތިބުމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތްތައް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގައި ތިބި އަސްކަރީ ސިފައިން ވީހާވެސް އަވަހަކަށް އަނބުރާ ފޮނުވާލުމުގެ ތަފްސީލް ހޯދުމަށް ޓަކައި އިންޑިޔާއާއެކު ޑިޕްލޮމެޓިކް މަޝްވަރާތަކެއް ކުރާނަން،" ކުރީގެ ރައީސް މުހައްމަދު ވަހީދު އަދި ކުރީގެ ރައީސް ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މިހާރުގެ އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް