އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރާ އަންހެން މެމްބަރުން އިތުރު ކުރުމުގެ ގޮތުން 20 އިންސައްތަ ޓިކެޓް އަންހެން މެމްބަރުންނަށް ޚާއްސަކޮށް، ހޮވިއްޖެ ނަމަ އިނާޔަތެއް ދޭން ވިސްނަވާކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވި މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވީހާވެސް ގިނަ އަންހެނުން ބައިވެރިވެ، ހޮވުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އަޅުގަޑު ވަރަށް އެދޭ ކަމެއް. މިގޮތުން، ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހުގެ މަދުވެގެން %20 ގޮޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރުމަށް ގޮވާލަން،" އިންތިހާބީ ރައީސް ޑރ. މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
"އަދި، މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން، ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން."
މިހާރުގެ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު، އޭގެ ތެރޭގައި ތިއްބެވީ އެންމެ ހަތަރު އަންހެން މެންބަރުންނެވެ. އޭގެ ތެރޭގައި ޕީޕީއެމް ޕީއެންސީގެ މެންބަރަކު ހިމެނިވަޑައިނުގަންނަވައެވެ.
އެގޮތުން ހިމެނޭ މެމްބަރުންނަކީ ދަ ޑިމޮކްރެޓްސްގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު އަދި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއަކީ އެމްޑީޕީގެ މެންބަރުންނެވެ.
އަންނަ އަހަރުގެ މަޖިލީސް އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަނީ އޭޕްރީލް މަހުއެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 
		
މަހަކު 82500 rufiyaa ge މުސާރަދީފަ އެވަރު މަދުވަނީތޯ
އަހުމަދު