އެފްއޭއެމްގެ ތެރޭގައި ވައްކަމާއި މަނީ ލޯންޑަރިންގް ހިންގާ ކަމަށް ތުހުއްމަތުކުރާ މައްސަލަ ފުލުހުން ތަހުގީގުކުރުމަކީ ފުޓުބޯޅައަށް ތިންވަނަ ނުފޫޒު ފޯރުވުންކަމަށް ގަބޫލު ނުކުރާކަމަށް ސޭވް އެފްއޭއެމް ކެމްޕޭނުން ބުނެފިއެވެ.

މިދިޔަ އާދިއްތަ ދުވަހު، އެފްއޭއެމްގެ އޮފީހަށް ވަދެ ފުލުހުން ކުރިއަށްގެންދިޔަ ރެއިޑަށް ފަހު، އެކަމާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަން އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ އިދާރާގެ އެއްވެސް ވެރިޔަކު ވެސް މުވައްޒަފަކު ވެސް އަދި އެއްވެސް މެންބަރެއް ފައިސާ އަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށެވެ.

އެފްއޭއެމްގެ ވެރިންގެ މައްޗަށް ކުރެވޭ އެންމެހާ ތުހުމަތުތަކަށް ފުޓްބޯޅައިގެ ހައްގުގައި އެ އިދާރާގެ މެނޭޖްމެންޓުން ކުރިމަތިލާނެ ކަމަށް ވެސް އެފްއޭއެމްގެ ބަޔާނުގައި ވެއެވެ. ޖިނާއީ ތުހުމަތުތަކުގައި ތަހްގީގީ އިދާރާތަކަށާއި ތަންފީޒީ ބާރުތަކަށް އެފްއޭއެމްގެ އޮފީސް ބަލައި ފާސްކުރުމުގެ އިހުތިސާސް އޮންނާނެކަމަށް ފީފާ އާއި އޭއެފްސީން ގަބޫލު ކުރާ ކަމަށާއި ނަމަވެސް އެކަން ކުރަން ވާނީ ގާނޫނީ މަގުސަދަކަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ކަމަށް ފީފާ އާއި އޭއެފްސީން ގުޅިގެން އެފްއޭއެމަށް ފޮނުވާފައިވާ ޖޮއިންޓް ސިޓީގައި ބުނެފައިވާ ކަމަށް އެފްއޭއެމްގެ ބަޔާނުގައި ވެއެވެ.

ނަމަވެސް އެފްއޭއެމް ހިންގުމުގައި މުސްތަގިއްލުަކަން ގެއްލުވާލައި ނުފޫޒު ފޯރުވާނަމަ ރާއްޖެއާ ދެކޮޅަށް ފީފާ އާއި އޭއެފްސީން ފިޔަވަޅު އަޅަނެ ކަމަށް ވެސް ބައިނަލްއަގްވާމީ އެ ދެ އިދާރާއިން އަންގާފައިވާ ކަމަށް އެފްއޭއެމުން ބުންޏެވެ.

އެފްއޭއެމުން މިހެން ބުނެފައި އޮއްވާ އެފްއޭއެމްގެ ވެރިން ގަވާއިދާ ޚިލާފަށް އަމަލުތައް ކުރާތީ އެބޭފުޅުންނާ ދެކޮޅަށް، އެފްއޭއެމް ސަލާމަތްކުރުމަށް އުފެއްދި ކެމްޕޭން ޓީމުން ނެރުނު ބަޔާނުގައި ބުނީ ދިވެހި ފުލުހުންގެ އިދާރާއިން ތަހުގީގު ކުރަނީ ޖިނާއީ މައްސަލަތަކެއް ކަމަށާއި އެއީ އެފްއޭއެމްއާ ދެކޮޅަށް ކުރާ ތަހުގީގެއް ނޫން ކަމަށެވެ. އަދި އެއީ އެތަނުގެ އިސްވެރިންނަށް ކުރެވޭ ތުހުމަތަކަށްވާތީ އެކަން ތަހުގީގުކުރަނީ ކަމަށްވެސް އެ ބަޔާނުގައިވަނީ ބުނެފައެވެ.

ސޭވް އެފްއޭއެމް ބަޔާނުގައި ބުނީ އޮކްޓޯބަރ 2023 ވީ އާދީއްތަދުވަހު ފުލުހުން އެފްއޭއެމް ރެއިޑް ކުރުމުން އެކަން ފީފާ އަށް އެންގިކަމަށާއި އެއަށްފަހު ރައީސް ބައްސާމް އަދީލް ޖަލީލް ޔޫރަޕަށް ވަޑައިގެން ފީފާގެރައީސް އިންފަންޓީނޯ އާއިއެކު ފޮޓޯ ނެންގެވުމަށްފަހ،ު 26 އޮކްޓޯބަރު ވީ ބުރާސްފަތިދުވަހުގެ ހަވީރުގެ ވަގުތެއްގައި ދިގު ނޫސްބާޔާނެއް ނެރުއްވާފައިވާ ކަމަށެވެ.

އެބަޔާނުގައި ފާހަގަކޮށްފައިވަނ،ީ އެފްއޭއެމަށް ބޭރުފަރާތްތަކުން ލިބޭ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްފައި ނުވާނެކަމަށާއ،ި ތަހްގީގަށް އެއްބާރުލުންދޭނެކަމަށެވެ. އަދި އެފްއޭއެމްގެ ވެރިންގެ އިހްލާސްތެރިކަން ސާބިތުކޮށްދިނުމުގައި ފަސްނުޖެހި މަސައްކަތް ކުރައްވާނެކަމަށެވެ. އެބަޔާނުގައި ފާހަގަކޮށްފައިވަނީ ފީފާގެ ސްޓެޓިއުޓްސްގެ 14 ވަނަ މާއްދާއާއި 19 ވަނަ މާއްދާގައި އެކުލެވޭ ހަތަރު ނުކުތާ ކަމަށް ސޭވް އެފްއޭއެމުން ވަނީ ބުނެފައެވެ.

"ފީފާއިން އެސޯސިއޭޝަން އާއި މެމްބަރުން ސަހުސީގޮތުން ތަފާތުކުރޭ. އެޖަމިއްޔާއިން ދެކެނ،ީ މެމްބަރު އެސޯސިއޭޝަންތަކަކ،ީ އުފެދުމުގައިވެސް ސަހްސީގޮތުން މައުސޫމް އެސޯސިއޭޝަންތަކެއް ކަމުގައި. އެހެންނަމަވެސ،ް އެފަދަ އެސޯސިއޭޝަންތަކުގެ ވެރީން ކުރާ ގަވާއިދާ ޚިލާފު ނޭދެވޭ އަދި ފަރުވާކުޑަ އަމަލުތަކުގެ ޒިންމާ މެމްބަރު އެސޯސިއޭޝަނުން އުފުލައ،ި ފީފާގެ ކުރިމަތީ ޖަވާބުދާރީވާންޖެހޭނެކަމަށް. 19 ވަނަ މާއްދާގައިވެސް ބުނަނީ އެސޯސިއޭޝަން ހިންގަންވާނީ މިނިވަންކަމާއިއެކު ތިންވަނަ ފަރާތެއްގެ ނުފޫޒެއްނެތި ކަމަށް،" ސޭވް އެފްއޭއެމް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން އެފްއޭއެމަށް ވަނ،ީ ފުޓުބޯޅަ އެސޯސިއޭޝަންގެ ވެރިން ޖިނާއީ ކުށްކުރާކަމުގެ ތުހުމަ ތުގައި ކަމަށާއި އެއީ ވައްކަންކުރާކަމުގެ ތުހުމަތުގައި ކަމަށް އެ ކެމްޕޭނުން ބުނެއެވެ. "ތިންވަނަފަރާތެއްގެ ނުފޫޒު ފޯރުވައި އެފ.ްއ.ޭއެމްގެ މަސައްކަތަކަށް ހުރަސްއެޅިތަނެއް ނުފެނޭ."