ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ މިއަދުގެ މަޖިލީހުގެ ޖަލްސާ އަށް މަޖިލީހުގެ ނާއިބު ރައީސް އީވާ ހާޒިރުވެވަޑައިނުގެންނެވިއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީންނެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވުމާއެކު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.
ގަވާއިދު ބުނާ ގޮތުން ނަމަ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނާއިބު ރައީސެވެ. ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ.
އެހެންކަމުން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ފޮނުއްވި ސިޓީއެއްގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 44ވަނަ މާއްދާގެ ދަށުން ނަޝީދު ވަކި ކުރުމުގެ ޖަލްސާ ކުރިޔަށް ގެންދެވުމަށެވެ.
މީގެކުރިން ވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިއެވެ. އެހެންނަމަވެސް އެފަހަރު ނަޝީދު ވަކި ނުކުރެވުނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުންނެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް އެ މައްސަލަތައް އަނބުރާ ގެންދިޔައެވެ.
މިފަހަރު ވެސް ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމުން ރައީސް، މުހައްމަދު ނަޝީދު ވަކިކުރަން، ހުށަހަޅާފައި ވަނީ ސަރުކާރު ހިންގާ މައިޕާޓީންނެވެ. އެޕާޓީން ވަނީ މި މައްސަލައާ ގުޅިގެން ތްރީލައިން ވިޕެއް ވެސް ނެރެފައެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރަން ވޯޓު ނުނަގައިފި ނަމަ މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ގެސްޓުހައުސްގައި މަރުވި ބިދޭސީ މީހާގެ ހަށިގަނޑުން 818 ގްރާމުގެ ޑުރަގް
ޕެޑުގެ އަގު ކޮންޓްރޯލް ކުރަން ޖެހޭ: ރޮޒައިނާ
ނޫސްވެރިކަމުގެ މިނިވަންކަން އޮތީ "ތަންމިނަށް" ހުޅުވާލެވިފައި: ރައީސް
ކައުންސިލް އިންތިހާބު އޮންނާނީ އެޕްރީލް 4ގައި
ޑުރަގުގެ ބޮޑުންނަށް މިނިސްޓަރު އިހުސާންގެ އިންޒާރެއް!