ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ ޖަލްސާ މިއަދަކު ނުބޭއްވުނެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީންނެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވުމާއެކު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.
ގަވާއިދު ބުނާ ގޮތުން ނަމަ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނާއިބު ރައީސެވެ. ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ.
ނަމަވެސް މިއަދުގެ ޖަލްސާގެ ގަޑި ޖެހުނުއިރު ވެސް މަޖިލީހުގެ ނާއިބު ރައީސް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ. މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވީ މަޖިލީހުގެ ނާއިބު ރައީސް އާލާސްކަންފުޅާ އުޅުއްވާކަން މިއަދު ހެނދުނު ލިޔުމުން މަޖިލިސް އިދާރާ އަށް އަންގަވާ، މިއަދުގެ ޖަލްސާ އަށް ސަލާމް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް މާދަމާގެ ޖަލްސާ އަށް ވެސް ނަޝީދު ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށާއި އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އީވާ އަށް އަންގަވާފައި ވާނެ ކަމަށެވެ.
މީގެކުރިން ވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިއެވެ. އެހެންނަމަވެސް އެފަހަރު ނަޝީދު ވަކި ނުކުރެވުނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުންނެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް އެ މައްސަލަތައް އަނބުރާ ގެންދިޔައެވެ.
މިފަހަރު ވެސް ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމުން ރައީސް، މުހައްމަދު ނަޝީދު ވަކިކުރަން، ހުށަހަޅާފައި ވަނީ ސަރުކާރު ހިންގާ މައިޕާޓީންނެވެ. އެޕާޓީން ވަނީ މި މައްސަލައާ ގުޅިގެން ތްރީލައިން ވިޕެއް ވެސް ނެރެފައެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރަން ވޯޓު ނުނަގައިފި ނަމަ މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ