ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެއެވެ.
ޑީއެޗްއެލްގެ ލިންކަކާއެކު ސްކޭމް މެސެޖުތަކެއް ޕީޕީއެމްގެ ނަމުގައި މިއަދު ވަނީ ބައެއް ފަރާތްތަކެއް ލިބިފައެވެ. އެހެންކަމުން އެ މެސެޖުގައިވާ ލިންކަށް ނުފިއްތުމަށް އެޕާޓީން އެދެއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ސްކޭމް މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޕީޕީއެމްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ އަނެއްކާވެސް ކަސްޓަމްސް ފީ ދެއްކުމަށް ކަމަށް ބުނެ އެކި ނަންބަރުތަކުން މެސެޖްތައް ފޮނުވުން ގިނަވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ މެސެޖްތަކަށް ސަމާލުވެ، މެސެޖްތަކުގައިވާ ލިންކަށް ނުވަނުމަށް ފުލުހުން ވަނީ އެދިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ