ކ. އަތޮޅު އުތުރު ބިތުގައި އޮންނަ ފަރި ރިސޯޓު ކައިރީގައި އޮތް ޔޮޓެއްގައި ރޯވެ، އަނދައިފިއެވެ.
ސިފައިން ބުނީ މިއަދު ހެނދުނު 7:37 އެ އުޅަނދުގައި ރޯވި ހަބަރު ލިބިގެން ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަލިފާން ނިއްވާލިއިރު، އެ އުޅަނދުގެ ބޮޑުބައި ވަނީ އަނދާފައެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. ޔޮޓުގައި އަލިފާން ރޯވުމާ އެކު އޭގައި ތިބި ފަތުރުވެރިންނާއި ފަޅުވެރިން އެހެން އުޅަނދަކަށް ނަގާފައިވެއެވެ.
އަލިފާން ރޯވެ، އަނދާފައި ވަނީ ސްމާޓް އޯން ކިޔާ ކުންފުންޏަކުން ހިންގާ "މެޖެސްޓީ 62"ގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ