ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމުން ރައީސް، މުހައްމަދު ނަޝީދު ވަކިކުރަން، އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ތްރީލައިން ވިޕެއް ނެރުމަށް އެ ޕާޓީގެ ޕީޖީން ފާސްކޮށްފިއެވެ.
މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ޕީޖީ ބައްދަލުވުމުގައި ތްރީލައިން ވިޕް ނެރެން ފާސްކޮށްފައިވަނީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވި ދެން މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރެވޭނީ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހު ކަމަށް މެންބަރުން އިއްތިފާގުވެފައިވާ ކަމަށެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލްކޮށްފައި އޮތީ އަންނަ އާދިއްތަ ދުވަހަށެވެ.
އާދިއްތަ ދުވަހުގެ ޖަލްސާގައި ޖަވާބުދާރީވުމަށް ނަޝީދަށް 30 މިނެޓުގެ ފުރުސަތެއް ލިބޭނެއެވެ. އަދި ކޮންމެ މެންބަރަކު ބަހުސް ކުރުމަށް ތިން މިނެޓުގެ ފުރުސަތެއް ލިބޭނެ އެވެ.
މިއީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ދެ ވަނަ ފަހަރެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ