ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކޯރަމް ހަމަ ނުވުމުން ކެންސަލް ކުރަން ޖެހިއްޖެއެވެ.
ރައްޔިތުން މަޖިލީހަށް މިއަދު އެޖެންޑާ ކޮށްފައިވާ އޮތް އެންމެ ބޮޑު އަދި އެންމެ މުހިއްމު މައްސަލައަކީ ސަރުކާރުގެ ފަރާތުން އަހަރުގެ ބާކީ ބަޔަށް ހަރަދު ކުރުމަށް ހުށަހަޅާފައިވާ ސަޕްލިމަންޓްރީ ބަޖެޓެވެ. ފިނޭންސް މިނިސްޓްރީން ވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅައިފައެވެ.
އެހެންނަމަވެސް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ އަދަދަށް [22 މެންބަރުން] މަޖިލިސް ފެށި ވަގުތު މަޖިލީހުގެ ތަޅުމުގައި ނެތް ކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ ވިދާޅުވިއެވެ. އެހެންކަމުން އެކަމަނާ ނިންމެވީ މިއަދުގެ މަޖިލިސް ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.
މަޖިލީހުގެ މި ދައުރުގައި އެންމެ ބޮޑަށް ދިމާވާ އެއް މައްސަލައަކީ ކޯރަމް ހަމަނުވުމެވެ. މީގެކުރިން ވެސް އެތައް ޖަލްސާއެއްގައި ކޯރަމް ހަމަ ނުވުމުން ކެންސަލް ކޮށްފައި އެބަހުއްޓެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ