ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އދ. ގައި ތަގްރީރު ކުރައްވަން ކުރެއްވި ދަތުރުފުޅުގެ ތަފްސީލުތައް ހާމަކުރަން ޖެހޭނެތޯ ބެލުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އދ. ގައި ތަގްރީރު ކުރެއްވުމަށް ރައީސާއި ދައުލަތުގެ އިސް ބޭފުޅުންގެ ވަފުދެއް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކާއި ތަފްސީލުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އޮތީ އަންގައިފެ އެވެ. އެ ނިންމުމަށް ހައި ކޯޓުން ތާއީދުކުރި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ކުރިން ނިންމެވި ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޖިލީހުން މިދިޔަ ހަފުތާގައި ނިންމީ އެ މައްސަލަ ބަލައިގަތުމަށެވެ. ސަބަބަކީ
އެ މައްސަލާގައި ގާނޫނީ ގޮތުން ބަހުސް ކުރެވޭ ނުކުތާތަކެއް ހުރުމުން ކަމަށް އެ ނިންމުމުގައިވެ އެވެ.
ދައުލަތުން ބުނެފައިވަނީ ރައީސްގެ ދަތުރުފުޅުގެ ހަރަދުގެ ރަސީދުތައް ފަދަ މައުލޫމާތު ހާމަކުރުމުން ރައީސްގެ ސެކިއުރިޓީއަށް ބުރޫ އެރުމުގެ އިތުރުން ޒާތީ މައުލޫމާތުތަކެއް ހާމަވެދާނެ ކަމަށާއި އެއީ ގާނޫނީ ގޮތުން އާންމު ނުކުރެވޭނެ މައުލޫމާތުތަކެއް ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ