ވާޖިން އެޓްލާންޓިކް އެއާވޭސްގެ ދަތުރުތައް ރާއްޖެ އިއްޔެ ފަށައިފިއެވެ. މި އެއާލައިނަކީ އިނގިރޭސިވިލާތުގެ މަޝްހޫރު މަހުޖަނެއް ކަމަށްވާ ރިޗާޑް ބްރޭންސަންގެ އެއާލައިނެކެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ އެ އެއާލައިންގެ ދަތުރުތައް އިއްޔެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އިއްޔެ ފަށާފައިވާ ކަމަށެވެ. އެ އެއާލައިނުން މިދިޔަ ޖޫން މަހު ވަނީ އަލުން ރާއްޖެ އަށް ދަތުރުތައް ފަށާނެކަން އިއުލާން ކޮށްފައެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި އެ އެއާލައިންގެ ދަތުރުތައް ހަފްތާއަކު ތިން ދުވަހު ރާއްޖެ އަށް ބާއްވާނެއެވެ،
އެ އެއާލައިނުން ރާއްޖެ އަށް ދަތުރު ކުރާ ބޯޓުގައި އަޕާ ކްލާސްގެ 31 ސީޓާއި ޕްރީމިއަމް ކްލާސްގެ 35 ސީޓާއި އިކޮނޮމީ ކްލާސްގެ 192 ސީޓު ހުންނާނެއެވެ.
ވާޖިން އެއާ ނިސްބަތްވާ ގައުމު ކަމަށްވާ އިނގިރޭސިވިލާތަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ފަސް ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ