އަންނަ މަހުގެ 17ވަނަ ދުވަހު ކުރިޔަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒަކީ "ޕްރޯ މޯލްޑިވްސް" ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް އެންމެ ފުރަތަމަ އަންނާނީ ދިވެހި ގައުމާއި މިނިވަންކަން ކަމަށް ވިދާޅުވެއްޖެއެވެ.
ބީބީސީ އަށް ދެއްވި އިންޓަވިއެއްގައި ވާހަކަދައްކަވަމުން އިންތިހާބީ ރައީސް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ތިބުމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ދިވެހި ފަސްގަނޑުގައި ބޭރުގެ އަސްކަރިއްޔާގެ އެންމެ މީހެއްގެ ބޫޓެއް ވެސް ހުންނަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ރައްޔިތުންނަށް ވީ ވައުދު ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފުއްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ބޭރުގެ އަސްކަރިއްޔާގެ ސިފައިން ތިބުމުން ރާއްޖެ ނުރައްކަލަށް ހުށަހެޅިދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޗައިނާ އަދި އިންޑިއާ އަކީ ދުނިޔޭގެ ބޮޑު ދެބާރު ކަމަށާއި އެ ދެގައުމުގެ ދެމެދުގައި އޮތް ހިޔާލުތަފާތުވުންތަކުގެ ތެރޭގައި ރާއްޖެ ފިތެން ބޭނުން ނުވާ ކަމަށެވެ.
"ދުނިޔޭގެ މި ދެ ބާރުގެ ހަނގުރާމައިގެ ތެރެއަށް ވަދެވޭ ވަރަށްވުރެ ރާއްޖެ ކުޑަ. އަޅުގަނޑުމެން މިކަމުގެ ތެރެއަށް ނުވަންނާނެ،" މުއިއްޒު ފާހަގަކުރެއްވިއެވެ.
ރިޔާސީ އިންތިހާބުގެ ކުރިން ބީބީސީ އަށް ދެއްވި އިންޓަވިއެއްގައި ރައީސް ސޯލިހު ވަނީ ރާއްޖޭގައި ބޭރުގެ މިލިޓަރީ ސިފައިން ތިބޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތައް ދޮގު ކުރައްވައިފައެވެ.
"އަސްކަރީ ގޮތުން ހަރަކާތްތެރިވާ ބޭރުގެ އެއްވެސް މީހަކު ރާއްޖޭގައި ނުތިބޭނެ. މިހާރު އެގައުމުގައި ތިބި އިންޑިއާ ސިފައިން ތިބީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޮޕަރޭޝަނަލް ކޮމާންޑުގެ ދަށުގައި،" ރައީސް ސޯލިހު މީގެކުރިން ބީބީސީ އަށް ވިދާޅުވިއެވެ.
ނަމަވެސް މުއިއްޒު ވިދާޅުވީ މައްސަލަ އަކީ ހަމައެކަނި އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރާއި މަތިންދާ ބޯޓުގެ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އިންޑިއާއާއެކު ރާއްޖެ އިން ހަދާފައިވާ ހުރިހާ އެއްބަސްވުންތައް ބަލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								