މިދިޔަ މަހު ފެމިލީ ކޯޓުން 131 ކައިވެންޏާއި 97 ވަރި ކޮށްދީފައި ވާކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފެމިލީ ކޯޓުން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ވަރި ކުރުމަށް އެދި 29 މައްސަލައެއް އެ ކޯޓަށް ހުށަހެޅިއެވެ. އަދި ކުރީމަހު ހުށަހެޅި 27 މައްސަލައެއް ނުނިމި ވާއިރު މިދިޔަ މަހު ވަނީ ވަރި ކުރުމަށް އެދި ހުށަހެޅި މައްސަލަތަކުގެ ތެރެއިން 20 މައްސަލައެއް ނިންމާފައެވެ. ކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން ނުނިމި ވަނީ 36 މައްސަލައެވެ.
ވަރިވުމަށް އެދި މިދިޔަ މަހު 51 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ކުރީމަހުގެ ނުނިމިވާ 117 މައްސަލައާއެކު މިމަހު ނިންމާފައި ވަނީ، 57 މައްސަލައެކެވެ. ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކުގެ ތެރެއިން 111 މައްސަލައެއް އަދިވެސް ނުނިމިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ވަރި ސާބިތުކުރުމުގެ 37 މައްސަލައެއް ވެސް ފެމިލީ ކޯޓަށް މިދިޔަ މަހު ހުށަހެޅިއިރު އޭގެ ކުރީ މަހު ވަރިވުމަށް ހުށަހަޅާ ނުނިމި ހުރި މައްސަލަ ތަކުގެ އަދަދު މުޅި ޖުމްލަ 39އަކަށް އަރައެވެ. ނިމިފައި ވަނީ 43 މައްސަލައެވެ. އަދި މިމަހު ނުނިމި ވަނީ، 33 މައްސަލައެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ