އިއްޔެ، ހދ. މަކުނުދޫ ބަނދަރު ސަރަހައްދުގައި ގޭސް ސިލެންޑަރެއް ގޮވައި ހިނގި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑު ތަހުލީލު ކުރުމަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ހާދިސާ ހިނގީ މަކުނުދޫގެ މަސް މާރުކޭޓު ސަރަޙައްދުގައި އޮތް ސިލިންޑަރެއް ގޮވައިގެންނެވެ. ހާދިސާ ގައި މަރުވި ދެ މީހުންނަކީ މަކުނުދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ ބިދޭސީ މުވައްޒަފުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމަކުން ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. މަރުވި ދެ މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ މުހައްމަދު ރާޖާ އަންސާރީ އާއި 25 އަހަރުގެ ސުދީރާ ސެތީއެވެ.
ފުލުހުން މިއަދު ބުނީ ހަށިގަނޑުގެ ބައިތައް އެއްކޮށް، އިތުރު ތަހުލީލުތައް ކުރުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހަށިގަނޑު އާއިލާއާ ހަވާލުކުރަން އިންޑިއާއަށް ފޮނުވަން އެދިފައިވާ ކަމަށްވެއެވެ.
އެ ހާދިސާއާ ގުޅިގެން މަކުނުދޫ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ވެސް މިހާރު ވަނީ މަޑުޖައްސާލައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ