އެސްޓީއޯއިން ބޭހާއި ގުޅޭ ސަޕްލައިސް ފޯރުކޮށްދިނުމަށް ހާއްސަ އެއްބަސްވުމެއްގައި އިންޑިއާގެ ކުންފުންޏަކާ އެކު ސޮއިކުރަން އުޅޭ ކަމަށް ބުނެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތު ހެލްތު މިނިސްޓްރީއާ އެސްޓީއޯ އިން ދޮގުކޮށްފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ އެ ކުންފުންޏަކީ އިންޑިއާގެ ޓެމިލްނާޑޫއަށް ނިސްބަތްވާ ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުންޏާ އެކު އެއްބަސްވުމެއް ނުހެދުމަށް ޑރ. މުއިއްޒު އެދިވަޑައިގަންނަވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން އެސްޓީއޯއިން ބުނީ އެފަދަ އެއްވެސް އެއްބަސްވުމެއްގައި އެސްޓީއޯއިން މި ވަގުތު ސޮއިކުރަން ނޫޅޭ ކަމަށާއި އެފަދަ ކަމެއް ހުއްޓުމަށް އެއްވެސް ފަރާތަކުން އެ ކުންފުންޏަށް އަދި އަންގާފައި ނުވާކަމަށެވެ.
ހެލްތު މިނިސްޓަރީން ބުނީ އެއްބަސްވުމެއް ނެތް ކަމަށެވެ. ބޮޑަށް ލަފާކުރެވެނީ އެއީ އާންމު އުސޫލުން ބޭސް އެތެރެ ކުރުމަށް ރެއިޒް ކުރާ ޕާޗޭސް އޯޑަރުގެ ވާހަކަ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ބީއެމްއެލްގެ ހައުސިން ޕްރޮޖެކްޓަށް 720 ޔުނިޓު އިތުރުކުރަނީ
ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރު ފެނިއްޖެ
ރައީސް މުއިއްޒު އަދި ސަރުކާރާ ގުޅޭ ބޮޑު ތުހުމަތެއް މުންދު ދޮގުކޮށްފި
ހުޅުމާލޭ އެޕާޓުމަންޓެއްގައި ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރަށް
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން