ފުލުހުން ޓޯ ކުރި ކާރެއްގެ މައްސަލާގައި ކާރުގެ ވެރިފަރާތަށް 250،000ރ. ގެ ބަދަލެއް ދޭން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ 2019 ވަނަ އަހަރު ޓޯ ކުރި ކާރެއްގެ އެ މައުލޫމާތު އާންމު ކުރުމެއް ނެތި އަދި އެ ކާރުގެ ވެރިފަރާތަށް ވެސް ނޭނގި ނައްތާލުމުންނެވެ. ފުލުހުން ޓޯ ކުރާ އުޅަނދުތައް ނައްތާލުމުގެ ކުރިން އެ އުޅަނދެއްގެ މައުލޫމާތު އާންމުކޮށް އަދި ހަވާލުވުމަށް 60 ދުވަސް ދޭންޖެހެ އެވެ.
ކާރުގެ ވެރިފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ޓޯ ކުރާ އުޅަނދުތައް ނައްތައިލުމުގެ ކުރިން އުޅަނދުގެ މައުލޫމާތު އާންމު ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބުނާއިރު، އެ ކާރު ޓޯ ކުރި ކަން ފުލުހުން އާންމުކުރީ ކާރު ނައްތާލި ފަހުގެ ތާރީހެއްގައި ކަމަށެވެ.
ފުލުހުންގެ އެ އަމަލުގެ ސަބަބުން ކާރުގެ ވެރިފަރާތަށް އޭނާގެ މުދަލެއް ގެއްލިފައިވާތީ އެ ބްރޭންޑްގެ ކާރެއްގެ އަގު ކަމަށްވާ 250،000ރ. އެއް މަސް ތެރޭގައި ދައުލަތުން ކޯޓަށް ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.
ނުވަ މަސް ފަހުން ޝަންމާން ބަންދުން ދޫކޮށްލައިފި
އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދެއް ނުކުރަން
އެމްޑީޕީ ޕްރައިމަރީ އޮންނާނީ 25 ރަށާއި ހަތަރު ސިޓީއެއްގައި
ހިރިމަރަދޫ ކައުންސިލް އުވާލިކަމަށް ކަނޑައެޅީ ގާނޫނޫއަސާސީއާ ހިލާފަށް
އެމްޑީޕީ ޕްރައިމަރީ ބާއްވާ ތާރީހު ޖެނުއަރީ 16އަށް އަވަސް ކޮށްފި