އަމާންކަން ގެއްލޭ ވާހަކަތައް މަނާކޮށްފައި އޮތް މާއްދާ ހައި ކޯޓުން ބާތިލްކުރުމުން އެކަމާ ދެކޮޅަށް ދައުލަތުން ހުށަހެޅި ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
އާންމު ގާނޫނުތަކުގެ 8 ވަނަ މާއްދާގެ ދެ ވަނަ ނަމްބަރުގެ ދަށުން އަމާންކަން ގެއްލޭ ވާހަކަތައް ދެއްކުމަކީ މަނާ ކަމެއް ކަމަށް ބަޔާން ކޮށްފައި އޮއްވާ ހައި ކޯޓުން މި އަހަރު އެ މާއްދާ ބާތިލްކުރީ ގާނޫނު އަސާސީއާ ހިލާފް ކަމަށް ބުނެ އެވެ.
އެ މާއްދާ ބާތިލްކުރީ އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވުމުގެ ގަރާރުގެ މައްސަލާގެ ތެރެއިންނެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ނިންމީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ބަލަންޖެހޭ ސަބަބެއް ދައުލަތަށް ނުދެއްކޭތީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށެވެ.
އާންމު ގާނޫނުތަކަކީ 1968 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުންދާ ގާނޫނެކެވެ
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ