ހދ. ކުޅުދުއްފުށީ އެއާޕޯޓްގައި ބޭނުންކުރާ "ޕްރެޝާ ފެޑް" ސިސްޓަމް ގޮވައި ހަތަރު ފަޔާ ފައިޓަރަކަށް އަނިޔާވެއްޖެއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ މި ހާދިސާ ހިނގީ އެއާޕޯޓުގެ ފަޔަ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރިފިލް ކުރުމުގެ ތެރޭގައި އެ ގޮވައިގެން ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އަނިޔާވި މީހުންނަކީ އެއާޕޯޓްގެ މުވައްޒަފުން ކަމަށާއި ހާދިސާ ރިޕޯޓްކޮށްފައިވަނީ ހެނދުނު 11:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ހާދިސާގައި އެކެއްގެ އަތަށް ވަރަށް ބޮޑަށް އަނިޔާ ލިބިފައިވާ ކަމަށާއި ތިން މީހަކަށް ކުދި ކުދި އަނިޔާތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ބުންޏެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިޔަސްއެވެ.
އެމްއެންޑީއެފް އިން ބުނީ އަނިޔާ ލިބުނު ތިން މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ