ފަލަސްތީނުގެ ހޮސްޕިޓަލަށް ދިން ހަމަލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުށްވެރިކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވަނީ އިޒްރޭލުން ގައްޒާގެ އަލްއަހްލީ އަރަބި ހޮސްޕިޓަލަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ހޮސްޕިޓަލްތަކަށާއި އާއްމުންނަށް އަމާޒުކޮށް ހަމަލާތައް ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގާޒާގެ ރައްޔިތުންގެ ހާލަތަށް ލުޔެއް ހޯދައިދިނުމަށްޓަކައި، ހަނގުރާމަ ހުއްޓާލުމަށް ބާރުއަޅައި، އިންސާނީ އެހީގެ ކޮރިޑޯތައް ގާއިމުކުރުމަށް ދުނިޔޭގެ މުޖުތަމައަށް ރައީސް ގޮވާލެއްވިއެވެ.
އިއްޔެ އިޒްރޭލުން އަހްލީ އަރަބި ހޮސްޕިޓަލުގައި ދިން ބޮމުގެ ހަމަލާގައި 500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ފަލަސްތީނުގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ ވިދާޅުވީ، އިމާރާތުގެ ދަށުގައި ތިބި މީހުންނާއެކު މަރުވެފައިވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.
އިޒްރޭލުން މެދުކެނޑުމެއް ނެތި ގާޒާއަށް ބޮން އަޅަމުންދާތީވެ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އެމެޖެންސީ ބައްދަލުވުމެއް މިއަދު ބާއްވަން ވަނީ ތާވަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ރާއްޖެއިންވެސް ބައިވެރިވާނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ