ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ޕާޓީންކޮށްފައިވާ އިއުލާނެއްގައިވާ ބުނީ ހަ ގިންތިއަކުން ގިނަ މަގާމުތަކަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
އެތެރޭގެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަކީ ނޮވެމްބަރު 15 ގެ ރޭގަނޑު 10:00 އެވެ.
ޑިމްކޮރެޓުން ބުނީ ފޯމު ހުށަހަޅާއިރު އެ ކެންޑިޑޭޓަކަށް ތާއީދުކުރާ އަދި އަތޮޅެއް، ސިޓީއެއް، ރަށެއް ނުވަތަ ދާއިރާއަކަށް ނިސްބަތްވާ، މަދުވެގެން 20 ޑިމޮކްރެޓެއްގެ ނަމާ މައުލޫމާތު ލިންކުގައިވާ ތާއީދުފޯމު މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ފޯމު ހުށަހަޅާ ތަރުތީބުން ކެންޑިޑޭޓުން ތަރުތީބުކުރަމުން ކެންޑިޑޭޓް ނަމްބަރު ދެމުން ލިސްޓް އާންމުކުރަމުން ގެންދާނެ ކަމަށް އެ ޕާޓީން ބުންޏެވެ. އަދި ފޯމުގައިވާ މައުލޫމާތު ފުރިހަމަ ނުވެގެން އަލުން ފޯމު ހުށަހަޅާނަމ، އަސްލު ފޯމުކަމަށް ބެލެވޭނީ އެންމެ ފަހުން ހުށަހެޅި ފޯމު ކަމަށެވެ.
ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު އޮންނާނީ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން