ޗައިނާގެ ''ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް'' އަކީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރާ މަޝްރޫއުއެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް އަކީ ޗައިނާ އިން އެހެން ގައުމުތަކުގެ އުމްރާނީ ތަރައްގީގައި ބައިވެރިވުން އިތުރު ކުރުމަށް 2013 ވަނަ އަހަރު ފެށި މަޝްރޫއުއެކެވެ. އެ މަޝްރޫއުގައި ރާއްޖެއިން ބައިވެރިވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައެވެ.
ޗައިނާގެ ''ޒިންހުއާ" އަށް ދެއްވި ބަސްތީގަތުމެއްގައި މުއިއްޒު ވިދާޅުވީ ޗައިނާގެ މި މަޝްރޫއުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެ ތަރައްގީވަމުންދާތަން ފެންނަ ކަމަށެވެ.
"ޗައިނާގެ އެހީގައި ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ވަނީ ކުރިއަށް ގެންގޮސްފައި. އެންމެ ފާހަގަ ކުރެވޭ މަޝްރޫއުއަކީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަޝްރޫއު،" މުއިއްޒު ވިދާޅުވިއެވެ.
އަދި ޗައިނާގެ އެހީގައި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހައުސިން ޕްރޮޖެކްޓުތަކުގެ މުހިއްމުކަން ވެސް އެ ބަސްދީގަތުމުގައި މުއިއްޒު ފާހަގަކުރެއްވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ