ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސިނަމާލެ ބްރިޖުގައި ގަވާއިދާ ހިލާފަށް އުޅަނދު ދުއްވައިގެން 120 މީހަކަށް ނަސޭހަތް ދީފިއެވެ.
ސިނަމާލެ ބްރިޖު މަތީގައި ބާރު ސްޕީޑުގައި ދުއްވާ ފަރާތްތަކަށާއި ގަވާއިދާ ހިލާފަށް ލޭނު ބަދަލުކުރާ ފަރާތްތަކަށް ފުލުހުންގެ ފަރާތުން ނަސޭހަތުގެ މެސެޖެއް ފޮނުވަން ނިމިދިޔަ ހަފްތާގައި ފުލުހުން ވަނީ ނިންމައިފައެވެ.
ޤަވާއިދާއި ޚިލާފަށް ބްރިޖް މަތިން ލޭން ބަދަލު ކުރުމާއި، ކަނޑައެޅިފައިވާ ވަރަށްވުރެ ބާރަށް ދުއްވާ ފަރާތްތަކަށް މ ނަސޭހަތުގެ މެސެޖެއް އަންނަ އާދީއްތަ ދުވަހުން ފެށިގެން ފޮނުވަން ފަށާނެ ކަމަށެވެ.
ފުލުހުން މިއަދު ބުނީ އިއްޔެގެ ހެނދުނު 7:30 އިން ފެށިގެން 24 ގަޑިއިރުވީއިރު 120 މީހަކަށް ނަސޭހަތުގެ މެސެޖު ފޮނުވާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މެސެޖް ފޮނުވަނީ ބްރިޖްގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމޭރާތަކުން އުޅަނދު ދެނެގަނެގެން ކަމަށެވެ.
މިގޮތަށް ޢަމަލު ކުރަން ފަށާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، ކުރާ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ