ރ. އަތޮޅުގައި އޮންނަ ޔޫ އެންޑް މީ ރިޒޯޓް މޯލްޑިވްސް ކައިރިއަށް ފީނަން ފޭބި ދިވެއްސަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ އެ ހާދިސާގައި މަރުވީ 51 އަހަރުގެ ދިވެއްސެއް ކަމަށެވެ. އެމީހާ ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔައީ 14:12 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މަރުވެފައި ވަނީ ފެތިގެންނެވެ. މިކަމުގެ އިތުރު ތަފްސީލު ހޯދާލުމަށް އުނގޫފާރު ހޮސްޕިޓަލަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދޭތީ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ލިބޭ ގޮތެއް ނުވިއެވެ.
ޑައިވިން ނުވަތަ ފީނުމަށް ގޮސް އުޅެނިކޮށް މަރުވާ މީހުންގެ އަދަދު ރާއްޖޭގެ ނިސްބަތުން ގިނަކަން ފާހަގަކުރެވެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް