ސަރުކާރު ކުންފުނިތަކުގެ ކޭޝް ފްލޯ އަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ މި އަހަރުގެ ކުރިއަށް އޮތް ދެ މަހަށް ވެސް ބޮޑެތި އަދަދުތަކުން ކޭޝް ފްލޯ އިންޖެކްޓްކުރަން ޖެހިފައިވާ ކަމަށެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށެވެ. އަދ ވަކިން ހާއްސަކޮށް ސަރުކާރުގެ މަޝްރޫއުތައް ހިންގުމުގައި ޝާމިލްވާ ކުންފުނިތަކުގެ ހާލަތު މާދަށް ކަމަށެވެ.
"އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް އެ ކުންފުނިތަކުން ފާހަގަކުރަމުންދާ ކަމަކީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ފަހު އެއަށް ލިބެންޖެހޭ ފައިސާ، މަޝްރޫއުތަކުގެ އަގު ވަރަށް ބޮޑަށް ނުލިބި ހުރުމުގެ ސަބަބުން އެ ކުންފުނިތަކުގެ ކޭޝް ފްލޯ އަށް ވަރަށް ބޮޑަށް ވަނީ ދަތިވެފައި،" އޭނާ ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ ކޭޝް ފްލޯގެ ދަތިކަމުގެ ސަބަބުން މި އަހަރު ނިންމާލާއިރު ކުރިއަށް އޮތް ދެ މަހުގެ ޑެއިލީ އެކްސްޕެންޝަންތައް ފުއްދުމަށްޓަކައި ވެސް ވަރަށް ބޮޑު އަދަދުތަކުން ކޭޝް ފްލޯ އިންޖެކްޓް ކުރަން ޖެހޭނެ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ