ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އަންނަ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހު ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ މަހުގެ 17ވަނަ ދުވަހު ވެރިކަމާއި ހަވާލުވެވަޑައިގަންނަވާނެއެވެ.
ފުލުހުން އެތެރޭގެ މީޑިއާ ގްރޫޕަށް ސީޕީ ހަމީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރިޓަޔާ ކުރެއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ހަމީދު ވަނީ 2018ވަނަ އަހަރު ސީޕީގެ މަގާމަށް އަންނަން ބޭނުންނުވިކަން ފާހަގަކުރައްވައިފައެވެ. ސަބަބެއް ކަމަށް ވިދާޅުވީ 2012 ވަނަ އަހަރު ފުލުހުންގެ ވަޒީފާއިން އޭނާ ވަކި ކުރުމުން ހިނގައިދިޔަ ކަންކަމާ ގުޅޭ ކޮންޓްރަވާސީތައް ހުރުމުން ކަމަށެވެ. އެހެންކަމުން އެފަދަ އެއްވެސް ކަމެއް ނެތް ބޭފުޅަކަށް ސީޕީކަން ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެންނެވިން ކަމަށް ހަމީދު ވިދާޅުވިއެވެ.
އެހެންނަމަވެސް އެކަންކަން ކާމިޔާބު ނުވުމުން އޭނާ އަށް ސީޕީގެ މަގާމު އަދާކުރަން ޖެހުނު ކަމަށާއި އެ މަގާމާ ހަވާލުވިއިރު ފުލުހުންގެ ނަން ކިލަނބުވެ އިސްވެރިންގެ މެދުގައި އޮތް ގުޅުން ވެސް ހީނަރުވެފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ ވަޒީފާ އިން 2012ވަނަ އަހަރު ވަކި ކުރުމާއި ގުޅިގެން ބައެއް އޮފިސަރުންނާއި އޭނާއާ މެދު އޮތް ޒާތީ ނުތަވަނަސްކަން އެއް ފަރާތް ކުރުމަށްފަހު ފުލުހުންގެ މުއައްސަސާއަށްޓަކައި މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ