އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައި ފޭކް މެސެޖުތަކެއް ފޮނުވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީ އިން ނެރުނު ނޫސް ބަޔާނެއްގައި މިރޭ ބުނީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައި އެ މަނިކުފާނުގެ މޮބައިލް ނަންބަރުން ތަފާތު އެކި މެސެޖުތަކެއް ދައުރު ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އެ މެސެޖުތަކަކީ ހަގީގަތާއި ހިލާފު ފޭކް މެސެޖުތަކެއް ކަމަށް ބަޔާނުގައިވެއެވެ.
ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި އެކަން ކުރަނީ ކޮންމެ ފަރާތަކުން ނަމަވެސް، އެފަދަ ނާތަހުޒީބު އަމަލުތައް ނުކުރުމަށާއި، އެފަދަ މެސެޖެއް ލިބިފައިވީ ނަމަވެސް އެއަށް އަމަލު ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
އެކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށް އެ ބަޔާނުގައި ބުނެފައި ވަނީ އިންތިހާބީ ރައީސްގެ ނަންފުޅުގައި ދައުރުކުރަމުންދާ އެސްއެމްއެސްތަކުގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައިދީ އެކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ދިނުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތަށް ގޮވާލާފައިވާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ