ސިނަމާލެ ބްރިޖު މަތީގައި ބާރު ސްޕީޑުގައި ދުއްވާ ފަރާތްތަކަށާއި ގަވާއިދާ ހިލާފަށް ލޭނު ބަދަލުކުރާ ފަރާތްތަކަށް ފުލުހުންގެ ފަރާތުން ނަސޭހަތުގެ މެސެޖެއް ފޮނުވަން ނިންމައިފިއެވެ.
ފުލުހުން މިއަދު ބުނީ ޤަވާއިދާއި ޚިލާފަށް ބްރިޖް މަތިން ލޭން ބަދަލު ކުރުމާއި، ކަނޑައެޅިފައިވާ ވަރަށްވުރެ ބާރަށް ދުއްވާ ފަރާތްތަކަށް މ ނަސޭހަތުގެ މެސެޖެއް އަންނަ އާދީއްތަ ދުވަހުން ފެށިގެން ފޮނުވަން ފަށާނެ ކަމަށެވެ.
ފުލުހުން ބުނީ މި މެސެޖް ފޮނުވަނީ ބްރިޖްގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމޭރާތަކުން އުޅަނދު ދެނެގަނެގެން ކަމަށެވެ.
މިގޮތަށް ޢަމަލު ކުރަން ފަށާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، ކުރާ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
ސިނަމާލެ ބްރިޖުގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައި އެބަހުއްޓެވެ. ފުލުހުން އަންނަނީ އެފަދަ ހާދިސާތައް މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ