ވޯލްޑްކަޕް ކޮލިފައިންގް ޕްލޭ އޮފްގައި މާދަމާ ބަންގަލްދޭޝްއާ ދެކޮޅަށް ރާއްޖެ ގަލޮޅު ދަނޑުގައި ކުޅޭ މެޗަށް މިރޭ ޓިކެޓް ވިއްކަން ފަށާނެކަމަށް އެފްއޭއެމުން ބުނެފިއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ހުސައިން ޖަވާޒް (ޖަވާ) މިއަދު އެފްއޭއެމް އޮފިޝަލް މީޑިއާ ގުރޫޕުގައި ވިދާޅުވީ މާދަމާ ކުޅޭ މެޗަށް ޓިކެޓް ވިއްކަން ފަށާނީ މިރޭ 8:00 ޖަހާއިރު އޮލިމްޕަސް ގޭޓް ކުރިމަތިން ކަމަށެވެ. އަދި މި މެޗަށް ޓިކެޓް ދޫކުރާނެ މިންވަރެއް ކަނޑައެޅީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ހުއްދަ ލިބުނު މިންވަރަކަށް ކަމަށާއި، އެ މެޗަށް ސަޕޯޓަރުންގެ ގޮތުގައި ވަނުމަށް ޓިކެޓް ދޫކުރާނީ ޖުމުލަ 4500 ޓިކެޓް ކަމަށެވެ.
މިރޭ ވިއްކަން ފަށައި ޓިކެޓުގެ ތެރެއިން 80 އިންސައްތަ ޓިކެޓަކީ ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކާ ޓިކެޓް ކަމަށާއި، ބާކީ 20 އިންސައްތައަކީ އަވޭ ފޭންސްއަށް ވިއްކާ އިންސައްތަ ކަމަށެވެ. އެހެން ކަމުން ރާއްޖެއަށް އޭގެ ތެރެއިން 3600 ޓިކެޓު ލިބޭނެ އެވެ. ބަންގްލަދޭޝް ސަޕޯޓަރުންނަށް ލިބޭނީ 900 ޓިކެޓެވެ.
މާދަމާގެ މެޗަކީ ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގުބަލަށް މުހިއްމު މެޗެކެވެ. ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ ދެ ލެގުން ރާއްޖެ ބަލިވެއްޖެ ނަމަ ވޯލްޑްކަޕް ކޮލިފައިންގްގެ އޭޝިއާގެ ގުރޫޕް ސްޓޭޖަށް ރާއްޖެ ކޮލިފައި ނުވާނެއެވެ. އެހެން ކަމަށްވާނަމަ ކުރިއަށް އޮތް ދޮޅު އަހަރަށް ރާއްޖޭގެ ގައުމީ ފުޓުބޯޅައިގެ ހަރަކާތްތައް ހުއްޓިގެންދާނެ އެވެ.
ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާ ބަންގްލްދޭޝް ކުޅޭ ޕްރިލިމިނަރީ ބުރުން މޮޅުވާ ބަޔަކު ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭނީ އޮސްޓްރޭލިޔާ، ފަލަސްތީން އަދި ލުބުނާނާ އެކު ގްރޫޕް އައިގައެވެ.
ރާއްޖެއާ ބަންގްލަދޭޝް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެން ޖެހޭއިރު، އެންމެ ފަހުން ރާއްޖެއާ ބަންގްލަދޭޝް ކުޅުނު ވާދަވެރި ރަސްމީ ދެ މެޗުންވެސް ރާއްޖެވީ ބައްޔެވެ. އެއީ ސާފް ޗެމްޕިއަންޝިޕް މި އަހަރު އިންޑިޔާގައި އަދި ފޯ ނޭޝަންސް ކަޕުގައި 2021 ވަނަ އަހަރު ލަންކާގައެވެ. އެކަމަކު މާލޭގައި މިދިޔަ އަހަރު ކުޅުނު ފްރެންޑްލީ މެޗެއްގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވެފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ