ޔަހޫދީން އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ މުސްލިމް އަހުންނާއި އުހުތުންނާ ދެކޮޅަށް އިސްރާޢީލުގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނެއްގައި މިއަދު ބުނީ އިސްރާއީލުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކާ މެދު އެޕާޓީން ކަންބޮޑުވާ ކަމަށެވެ. އަދި ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުން ޝަހީދުކޮށް، އެ މީހުންގެ ލޭއޮހޮރުވައިލުމަށް އިސްރާއީލުން ބަރު ހަތިޔާރު ބޭނުންކޮށްގެން ދެމުންދާ ހަމަލަތައް ވެސް ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށްވެސް ބުންޏެވެ.
"މި ޕާޓީއަކީ ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހުތުންގެ މިނިވަން ކަމަށް ވަކާލާތުކޮށް، އެ މީހުންގެ ހައްގުތައް ހިމާޔަތް ކުރަން ތާއަބަދު ގޮވައިލަމުންދާ ޕާޓީއެކެވެ. އަދި، ފަލަސްތީނުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް އ.ދ އިން ފާސްކޮށްފައިވާ ގަރާރުތަކަށް އިހުތިރާމުކޮށް، އެ ގަރާރުތައް ތަންފީޒު ކުރުމަށް އިސްރާއީލަށް ގޮވައިލަމުންދާ ޕާޓީއެކެވެ" ބަޔާނުގައިވެއެވެ.
އެމްޑީޕީން ބުނީ، އެޕާޓީއަކީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އެ މީހުން އަޅުވެތިކޮށް، ބައިތުލް މަގުދިސްގައިވާ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް މިސްކިތް ކަމުގައިވާ އަލް-އަގްސާއަށް އަތްގަދަކުރުމާ ދެކޮޅަށް އަޑުއުފުލަމުންދާ ޕާޓީއެއް ކަމަށެވެ.
"ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހުތުންނާ ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާއި ޖަރީމާތައް ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ވަގުތުން ވަގުތަށް ހުއްޓައިލަން މި ޕާޓީން ގޮވައިލަމެވެ" ބަޔާނުގައިވެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ