އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ މެންބަރު އަލީ ނަޝާތު، އިތުރު ދައުރަކަށް އެ ކޮމިޝަނަށް އައްޔަން ކުރުމަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެއްވި ނަޝާތުގެ ދައުރު ހަމަވީ މިދިޔަ ޖޫން މަހުގެ 25ވަނަ ދުވަހުއެވެ. އޭނާގެ ދައުރު ނުނިމެނީސް އަލުން އީސީ އަށް އޭނާ އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަޝާތުގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވިއެވެ. އެކަމަކު ދައުރު ނިމިގެންދިޔައިރުވެސް އީސީއަށް މެމްބަރުކު އައްޔަން ކުރުން އޮތީ މަޑުޖެހިފައެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އިތުރު ދައުރަކަށް ނަޝާތު އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރުމާއި މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ މި މަހުގެ 10 ވަނަ ދުވަހުގެ 14:00ގެ ކުރިން ޝަކުވާ ހުށަހަޅާ ފަރާތުގެ ނަމާއި ދާއިމީ އެޑްރެހާއި ފޯނު ނަމްބަރު ޖެހުމަށްފަހު ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ނަޝާތުގެ ދައުރު ހަމަވެގެން ދިޔައީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި މެދު ކޯޅުންތަކެއް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ނަޝާތު ހިމެނޭހެން މެމްބަރުންގެ އަގުލަބިއްޔަތުން އެ ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގްގެ އިތުބާރު ނެތް ކަމަށް ފާސްވެސް ކުރިއެވެ.
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ސިޔާސީ ޕާޓީއެއްގެ ރޫހް ކުރިޔަށްނެރެ ދަމަހައްޓތީ ބަހައްޓާކަށް ނުފެނޭ. ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ބަދަލުގައި ޕާޓީއަށް ޚިދުމަތްދިނުމަށް އިސްކަންދެނީ
ހާއުފާ