ސައުދީއަރަބިޔާގެ ސަރުކާރުން ރާއްޖެއަށް 300 އަށްވުރެ ގިނަ ސްކޮލާޝިޕް ދޭން ނިންމައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސައުދީގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރާއްޖެއަށް 300 އަށް ވުރެ ގިނަ ސްކޮލާޝިޕް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ ސްކޮލާޝިޕް އަށް ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ކޮމްޕިއުޓާ ސައިންސް، އެގްރިކަލްޗާ، އެޑިއުކޭޝަން ސްޕެޝަލިސްޓްސް، އިސްލާމް އަދި އަރަބި ބަހުގެ އިތުރުން ލޯ ހިމެނެއެވެ.
ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް މިނިސްޓްރީން އެދެއެވެ.
ކޯސްތަކަށް ހޮވޭ ފަރާތްތަކުން ކޯހަަށް ފުރުމުގެ ކުރިން އެމްކިއޯ ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯ ބެލުމަށް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި