ރައްޔިތުން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ނިންމައިފިއެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމީ ބައްދަލުވުމަށް ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެކުރިންވެސް މަޖިލީހަށް ހުށަހެޅިއެވެ. އެއީ މިއަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. މައްސަލަ ހުށަހެޅީ 54 މެންބަރުންގެ ސޮޔާ އެކުގައެވެ.
ނަމަވެސް ފަހުން އެ މައްސަލަ އަނބުރާ ގެންދިޔައެވެ. އެ މައްސަލަ އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހުއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް އަނެއްކާވެސް ފެށިއިރު ދާދިފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި، އެ މަޖިލީހުގެ މެންބަރުން ވަނީ މަޖިލީހުގެ ރިޔާސަތު އެމްޑީޕީ އަށް އޮންނަން ޖެހޭ ކަމަށާއި މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކި ކުރަން ޖެހޭ ކަމަށް ގޮވާލައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
އަވަސްކުރޭ! މާލަސްވެއްޖެ! ތިޔައީ ގައުމަށް ދިމާވެފަހުރި ބޮޑު ބލ ވެރިކަމެކެވެ.
ހުސޭނުބެ