ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިއަދުވެސް ކެންސަލް ކޮށްފިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެން ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ރިޝްވަތު ދިނުމުގެ ކުށުގައި މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.
މި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމެއް މިއަދު މެންދުރު 14:00އަށް ތާވަލު ކޮށްފައިވީ ނަމަވެސް އެ މައްސަލާގައި ދައުލަތުގެ ފަރާތުން ތަމްސީލް ކުރައްވާ ބައެއް ވަކީލުންނަށް ހާޒިރުވެވެން ނެތުމުން، އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
ޔާމީން މިހާރު ހުންނެވީ ކަރެކްޝަނަލް ސާވިސްގެ ނިންމުމެއްގެ ދަށުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ކިހާ ހެޔޮ ކަމެއް ތިއީވެސް
ދިވެހި ރައްޔިތުންތަސައްރަފު ނުފުދޭ ދައުލަތަކީތަ. ތާވަލުކޮއްފަ މޭކަރާތީ.ކެންސަލުކުރަނީ ކުފޫހަމަނު ާތި ރައްޔިތުންވެސް ނޫނެކޭބުނީ ތާވަލުކުރުމަޒްފަހި ކކޮމްމެފަހަރަކު ކެއންސަލުކުރުމަކީ ހަޑިހުތުރު އަބުއިކަމެކޭ ސޯލިހު އަދި ޕޖ
ވ