ހިޔާ ފްލެޓެއްގެ 12 ވަނަ ފަންގިފިލާ އިން ވެއްޓުނު ކުޑަ ކުއްޖާ ނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ ހިޔާ ފްލެޓެއްގެ ޓަވަރަކުން ކުޑަ ކުއްޖަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިރޭ 11:58 އެހާކަށްހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ ކުއްޖާ ވެއްޓިފައި ވަނީ ހިޔާ ފްލެޓް - އެޗް6 ގެ 12 ވަނަ ފަންގިފިލާ އިން ކަމަށް ފުލުހުން ބުންޏެވެ. ނިޔާވި ކުއްޖާ އަކީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖެކެވެ.
އެކުއްޖާ ވެއްޓުނުއިރު ވަރަށް ބޮޑަށް ބޯ ފަޅައިގެން ގޮސްފައިވާ ކަމަށްވެއެވެ. ވަގުތުން އެކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ކުއްޖާ ނޭވާ ނުލާ ކަމަށްވެއެވެ. އެކުއްޖާ ނިޔާވި ކަމަށް ހޮސްޕިޓަލުން ވަނީ މިރޭ 00:45 ގައި ކަނޑައަޅައިފައެވެ.
އެކުއްޖާ ވެއްޓެން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ފުލުހުން ބުނީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ