ހިޔާ ފްލެޓެއްގެ 12 ވަނަ ފަންގިފިލާ އިން ކުޑަ ކުއްޖަކު ވެއްޓި، އަނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ ހިޔާ ފްލެޓެއްގެ ޓަވަރަކުން ކުޑަ ކުއްޖަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިރޭ 11:58 އެހާކަށްހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ ކުއްޖާ ވެއްޓިފައި ވަނީ ހިޔާ ފްލެޓް - އެޗް6 ގެ 12 ވަނަ ފަންގިފިލާ އިން ކަމަށް ފުލުހުން ބުންޏެވެ.
އެ ކުއްޖާ މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި އެ ކުއްޖާގެ ހާލަތާއި ގުޅޭ ގޮތުން ހޮސްޕިޓަލުން ވަކި އެއްޗެއް ހާމަ ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ބުނީ އެކުއްޖާގެ އުމުރު ކަށަވަރު ނުވާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ